ރައީސް ޔާމީން މިނިވަން ކުރުމަށް އަލީ ވަހީދު ގޮވާލައްވައިފި

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފި އެވެ. އަލީ ވަހީދު މިކަމަށް ގޮވައިލެއްވީ މިއަދު، ފުލުފުލުގައި ކުރެއްވި ދެ ޓްވީޓެއް...

12 Sep 2021 | 05:46

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފި އެވެ.

އަލީ ވަހީދު މިކަމަށް ގޮވައިލެއްވީ މިއަދު، ފުލުފުލުގައި ކުރެއްވި ދެ ޓްވީޓެއްގައެވެ.

ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށެވެ.

"އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

https://twitter.com/ali20waheed/status/1436919976351383559

ދެވަނަ ޓްވީޓްގައި އަލީ ވިދާޅުވެފައިވަނީ ސައްޙަ ލިސްޓު ފެށެނީ އަދުގެ ޕްރޮސެކިއުޓާ ޖެނެރަލާއި ހަމައިން ކަމަށާއި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ނޯޅޭނެ ކަމަށެވެ.

"ތިޔަ ފޯނުތަކާ ލެޕްޓޮޕްތަކާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

https://twitter.com/ali20waheed/status/1436922293163372547

މި މޭރުމުން އަލީ މިއަދު ޓްވީޓްކުރައްވާފައިވާއިރު ހުކުރު ދުވަހު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމަށެވެ. އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް