ބޮލީވުޑް ތަރިންގެ ތެރެއިން ސާރާ އަލީ ހާން އަކީވެސް ރާއްޖެ އަންނަން ވަރަށް ފޯރި ހުންނަ ތަރިއެކެވެ.
މިއަހަރު ކުރީކޮޅު ދެ ފަހަރަކު އާއިލާ އާއި އެކު އޭނާ ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައިވެ އެވެ. އަނެއްކަ މީހާރު ދަނީ ރަހުމަތްތެރިންނާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
ސާރާ ރާއްޖެ އައިތާ މިހާރު ފަސް ވަރަކަށް ދުވަސް ވެއްޖެ އެވެ މިފަހަރު ޗުއްޓީ ހޭދަ ކުރަމުންދަނީ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑުގައި އެވެ.
ޗުއްޓީއަށް ސާރާ އާއި އެކު އައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސާރާ ވައިސޯހާ އާއި އިތުރު އެކުވެރިއެކެވެ. މީގެ ތެރެއިން ސާރާގެ އެންމެ ގާތް އެކުވެރިޔާ ސާރާ ވައިސޯހާގެ އުފަންދުވަސް މިދިޔަ ބުދަ ދުވަހު އެ ރިސޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ސާރާގެ އެންމެ ގާތް އެކުވެރިއާއަކީ ގާނޫނީ ވަކީލެކެވެ. މި ދެމީހުންނަކީ އެކުގައި ޗުއްޓީ ހޭދަ ކުރުމަށް ގައުމުތަކަށް ދަތުރު ކުރުމަށް މަރުދޭ ދެމީހުންނެވެ. ދެމީހުންގެ އިންސްޓަގްރާމް ޕޭޖުގައި އެކުގައި ޗުއްޓީއަށް ގައުމުތަކަށް ގޮސް ހުންނަ އެތައް ފޮޓޯއެއް ހުރެ އެވެ.
https://www.instagram.com/p/CThO5YhIkQ2/
ސާރާގެ ދަތުރުން އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ އޭނާ މޫދަން އެރެންލާ ބިކިނީތަކާއި ޖެޓްސްކީ ދުއްވި ވީޑިއޯއަކަށެވެ. އޭނާގެ ބިކިނީތަކަކީ ސްޓައިލްބައިއަމީ އިން ޑިޒައިންކޮށް އުފައްދާފައިވާ ބިކިނީތަކެކެވެ.
ސާރާ އާންމު ކުރި ޖެޓްސްކީ ދުއްވާ ވީޑިއޯގައި ތިން އެކުވެރިން ވަރަށް ފޯރީގައި ޖެޓްސްކީ ދުއްވާތަން ފެނެ އެވެ. އަދި އެމީހުން ވަރަށް ގަޔާވެގެން އެކަން ކުރިކަމާއި އުވާފެރި ވަގުތުތަކެއް ހޭދަ ކުރި ކަމަށް އިންސްޓްގްރާމް ސްޓޯރީގައި ބުނެފައިވެ އެވެ.
އިންޑިއާ މީޑިއާ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީވެސް ސާރާގެ މި ވީޑިއޯއަށެވެ. ގިނަ ނޫސްތަކުން ވަނީ ސާރާ އެކުވެރިންނާއި އެކު ޖެޓްސްކީ ދުއްވި ވާހަކަ ހަބަރުގައި ޖަހާފަ އެވެ.
https://www.instagram.com/p/CToUC5-ot9a/
ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "އަތްރަންގީ ރޭ" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު އަކްޝޭ ކުމާރުވެސް ފެނިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް