މިރެއަކީ މަޝްހޫރު ފޯނު އުފައްދާ ކުންފުނި އެޕަލްގެ ބޮޑު ރެއެކެވެ.
މިރޭ އެ ކުންފުނީގެ އާ ފޯނު އައިފޯނު 8، އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް ދައްކާލުމަށް "އެޕަލް ނައިޓް" ގެ ނަމުގައި ބޮޑު ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މި އިވެންޓަކީ ދިވެހިންގެ ތެރޭގައި އެޕަލްގެ އުފެއްދުންތަކަށް ލޯބި ކުރާ ފަރާތްތަކުން ކޮންމެހެންވެސް ބަލާލަން ބޭނުންވާނެ އަދި އިންތިޒާރު ކުރާނެ އިވެންޓެކެވެ.
އެހެންވެ އުރީދޫއިން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ. އެ ކުންފުނިން ބުނީ މިރޭ 8:00 ން ފެށިގެން ސީހައުސްގައި "އުރީދޫލައިވް" މެދުވެރިކޮށް އެ ހަފްލާ ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެވަގުތުގައި އެތަނަށްދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށްވެސް ބުނެ އެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އެޕަލް އިވެންޓު" ފެށުމަށް ހަމަޖެހިފައިވަނީ 10:00 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް