ބަރުމާގެ ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެގައުމުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްތެއް ކަމަށާއި އެ މަސައްކަތަށް ތާއީދު ކަމަށް ޗައިނާއިން ބުނެފި އެވެ.
މިހެން ބުނެފައިވަނީ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގ ޝުއަނގ އެވެ.
ބައެއް މީޑިއާ ރިޕޯޓްތަކުގައިވާގޮތުން އޭނާ ބުނެފައިވަނީ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ބަރުމާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެހެން ގައުމުތަކުންވެސް ބައިވެރިވާން ޖެހެ އެވެ.
"ސުލްހަ ގާއިމް ކުރުމަށް ބަރުމާއިން ކުރަމުން އަންނަ މަސައްކަތަކަށް އަހަރެމެން ތާއީދު، އަވަސް ހައްލެއް ލިބި ދިރިއުޅުމުގެ ހާލަތު އާއްމު ހާލަތަކަށް ދާދި އަވަހަށް އަންނާނެ ކަމަށް އުންމީދު ކުރަން" ދަ ސްޓްރެއިޓް ޓައިމްސްގައި ބުނެފައި ވެ އެވެ. މި ހަބަރު ސްޓްރެއިޓް ޓައިމްސްގައި ލިޔެފައިވާއިރު މީގެ އިރުކޮޅެއް ކުރިން ދަ އިންޑިއަން ޓައިމްސް އާއި ދަ އިންޑިޕެންޑެންތް ފަދަ ބޮޑެތި ނޫސްތަކުގައިވެސް މި ހަބަރު ޖަހާފައި ވެ އެވެ.
ޗައިނާއިން މިހެން ބުނެފައިވާއިރު އދ އިން ނިންމާފައިވަނީ ރަކީންގައި ދެމުން އަންނަނީ ނަސްލެއް ނައްތާލުމަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ. ގިނަ ގައުމުތަކަކުން އެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރަމުން އަންނައިރު ބަރުމާއިން ބުނެފައިވަނީ ސިފައިން އަދާކުރަމުންދަނީ ވާޖިބު ކަމަށެވެ. ހިންގަމުން އަންނަ އޮޕަރޭޝަންގައި އާންމުންނަށް އަނިޔާ ނުދީވޭތޯ ސިފައިން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް