ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި އެއް ނަމްބަރެއް ޖެހިފައިވަނީ އޮޅުމަކުން

ހައުސިން މިނިސްޓްރީން އިއްޔެ އިއުލާނު ކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ދެ ތަނެއްގައި އެއް ފޯމް ނަމްބަރެއް ޖެހިފައިވަނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. މީގެ ތިން އަހަރު ކުރިން ސަރުކާ...

12 Sep 2017 | 09:38

ހައުސިން މިނިސްޓްރީން އިއްޔެ އިއުލާނު ކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ދެ ތަނެއްގައި އެއް ފޯމް ނަމްބަރެއް ޖެހިފައިވަނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން ސަރުކާރުން އިއުލާނު ކުރި "ގެދޮރުވެރި ކުރުން" ޕްރޮގްރާމުގެ ދަށުން އިއުލާނު ކުރި ފްލެޓަށް 15،000 މީހުން ފޯމް ލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ 661 މީހެއްގެ ފޯމް ނަމްބަރު އިއްޔެ ހައުސިން މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.

އެ ލިސްޓުގައި އެއް ނަމްބަރެއް ތަކުރާރުވެފައިވާތީ މިނިސްޓްރީން ވަނީ މިއަދު އިސްލާހު ކޮށް އަލުން ލިސްޓު ގެޒެޓުކޮށްފައި އެވެ. އެމިނިސްޓްރީން ބުނީ ސުމާރު ނަމްބަރު 273 އާއި 350 ގައި ފޯމު ނަންބަރު ތަކުރާރުވީ ޓައިޕްކުރުމުގައި އެރި އޮޅުމަކުން ކަމަށެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސުމާރު ނަމްބަރު 350 ގައި އޮންނަން ޖެހޭނީ 07392 ފޯމު ނަމްބަރު ކަމަށެވެ.

ފްލެޓް ލިބޭމީހުންގެ ލިސްޓުގައި ވާގޮތުން ކެޓަގަރީ 1 އިން ފްލެޓް ދޭން ހަމަޖައްސާފައި ވަނީ 500 މީހުންނަށެވެ. އަދި ކެޓަގަރީ 2 ގެ ފްލެޓުތަކުން 161 މީހުންނަށެވެ.

އާންމުކޮށް ފްލެޓް ލިބޭ މީހުންގެ ނަމާއި ވަނަވަރު އިއުލާނު ކުރާއިރު މިފަހަރު ހަމައެކަނި ފޯމް ނަމްބަރު އާންމު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ.

އެކަމަކު ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެއީ ފްލެޓް ލިބޭ މީހާގެ މައުލޫމާތު ސިއްރު ކުރުމަށް ކުރި ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް