ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިފައިވާކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދެމީހުން ފެނިފައިވަނީ، އޮއި ގަދަވެގެން ޑައިވިން އޭރިއާއާއި ދުރަށް ގޮސްފައިވަނިކޮށް ކަމަށެވެ. އެމީހުން ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނާއި ރިސޯޓްގެ ޑައިވަރުންގެ މަސައްކަތުން ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔައީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ޑައިވް އިންސްޓްރަކްޓަރަކާއި އެ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން ގޮސް އުޅުނު ފަތުރުވެރި އެކެވެ.
އެމީހުން ޑައިވިނަށް ފޭބީ އެ އަތޮޅުގެ ދިގުރަށާއި ދަގެއްޗާއި ދެމެދު އޮންނަ “ކުޑަރަށް ތިލަ” ކިޔާ ތިލައަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް