ޔޫއޭއީ އިން ރާއްޖެއަށް 77 މިލިއަން ރުފިޔާ ދީފި

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީ އިން 77 މިލިއަން ރުފިޔާ ދީފި އެވެ. މި އެހީ ދީފައިވަނީ ޔޫއޭއީގެ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. މި ފައިސާ ހަވާލުކޮށްފައިވަނީ ...

12 Sep 2017 | 09:01

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީ އިން 77 މިލިއަން ރުފިޔާ ދީފި އެވެ.

މި އެހީ ދީފައިވަނީ ޔޫއޭއީގެ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. މި ފައިސާ ހަވާލުކޮށްފައިވަނީ އިއްޔެ އެ ގައުމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

އޭޑީއެފްޑީގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ އަށް އެހީ ދިނުމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސެއިން ނިޔާޒެވެ. އޭޑީއެފްޑީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސުވައިފް އަލް ސްވައިދީ އެވެ.

މި އެހީ އަކީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކާއި އިގްތިސާދު ރަނގަޅު ކުރަން ދިން ފައިސާ ކަމަށް ބުނެ އެވެ.

މީގެ ކުރިންވެސް ޔޫއޭއީއިން ވަނީ ރާއްޖޭގެ ތަރައްގީ އާއި ގުޅުން ހުރި އެކި މަޝްރޫއުތަކަށް ބޮޑެތި އެހީވެދީފަ އެވެ. އެ ގައުމުން ބުނީ ކުރިޔަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްގީ އާއި ކުރި އެރުމަށް އެހީވެދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް