ވަޒީރެއްގެ ކާރު ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ދެމީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރު ކުރީ އެ ކާރުގެ ޑްރައިވަރަކަށް މަސައްކަތް ކުރާ ފިރިހެނަކާއި އަންހެނެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އާސަހަރާ ފުރަގަހުގައި ކާރު ޕާކު ކޮށްގެން ބަދުއަހުލާގީ އަމަލުހިންގަން ތިއްބަ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ވަނީ ރޭ ކާރެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ދެމީހަކު ހައްޔަރު ކުރި ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ވަޒީރެއްގެ ކާރެއް ކަމަކަށް ނުބުނެ އެވެ.
އެ ދެމީހުން ވަނީ ރޭ ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް