އެމްޕީއެލްގައި ތެޔޮ ފީފާއެއް ގޮވައި، މީހަކު ފިހިއްޖެ

އެމްޕީއެލް ސަރަހައްދުގައި މިއަދު ހެނދުނު ތެޔޮ ފީފާއެއް ގޮވައި މީހަކު ފިހިއްޖެ އެވެ. އެމްޕީއެލްގެ ތެރެއިން ދުވަހަށް މައުލޫމާތު ލިބުނުގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ. އެ ހާ...

12 Sep 2017 | 07:18

އެމްޕީއެލް ސަރަހައްދުގައި މިއަދު ހެނދުނު ތެޔޮ ފީފާއެއް ގޮވައި މީހަކު ފިހިއްޖެ އެވެ.

އެމްޕީއެލްގެ ތެރެއިން ދުވަހަށް މައުލޫމާތު ލިބުނުގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ވެލްޑިން ކުރަން އުޅުނު މީހަކު ގެންގުޅުނު ވެލްޑިން ޓޯޗް ތެޔޮ ފީފާއެއްގެ މަތީގައި ބާއްވައިގެން އުޅުމުގެ ތެރޭގައި ކަމަށެވެ.

"ތެޔޮ ފީފާއެއްގެ މަތީގަ ޓޯޗް އޮތީ، އޭގެން ކަންޏެއް ޖެހިގެން ކަމަށް ބެލެވެނީ، އެ ތެޔޮ ފީފާ ގޮވީ، އޭނާގެ ގަޔަށް ތެޔޮ ބުރައި އަލިފާނުގެ ހާދިސާއެއް ހިގައި ކޮންމެވެސް ވަރަކަށް އެމީހާ ފިހުނު، މިހާރު އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ތަފްސީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް