ޑައިވިނަށް ފޭބި ދިވެއްސަކާއި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަނީ

އދ. އަތޮޅުގައި ހިންގާ ސަން އައިލެންޑް ރިސޯޓުން ޑައިވިނަށް ދިޔަ މީހުންގެ ތެރެއިން ދެމީހެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ. ހޯދަމުންދަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ޑައިވް އިންސްޓްރަކ...

12 Sep 2017 | 07:18

އދ. އަތޮޅުގައި ހިންގާ ސަން އައިލެންޑް ރިސޯޓުން ޑައިވިނަށް ދިޔަ މީހުންގެ ތެރެއިން ދެމީހެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ޑައިވް އިންސްޓްރަކްޓަރަކާއި އެ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން ގޮސް އުޅުނު ފަތުރުވެރި އެކެވެ. އެމީހުން ޑައިވިނަށް ފޭބީ އެ އަތޮޅުގެ ދިގުރަށާއި ދަގެއްޗާއި ދެމެދު އޮންނަ "ކުޑަރަށް ތިލަ" ކިޔާ  ތިލައަކަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ކޮށްފައިވަނީ ހެނދުނު 11:20 ހާއިރު ކަމަށެވެ. އެމީހުން ޑައިވިނަށް ފޭބި އިރު ލައިގެންތިބީ ކަޅު ކުލައިގެ ޑައިވިން ޝޫޓް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް