މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވާ މިއަދު ހެނދުނު 10:30 ހާއިރު މަޖީދީމަގު އޭއެޗް ބްރަދާސް ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގައި އެވެ. އެ އިމާރާތުގެ ދެވަނަ ބުރިން ވެއްޓި އަނިޔާވީ ނޭޕާލް މީހަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އެކަމަކު އެމީހާ ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ދޭތެރެ ދޭތެރެއިން ހަދަމުން އިމާރާތްތަކުގެ މަތިން ބިދޭސީ މަސައްކަތު މީހުން ވެއްޓުމުގެ ހާދިސާތައް ހިނގައެވެ. މިދިޔަ އަހަރު ވަނީ އެފަދަ ހާދިިސާއެއްގައި އިންޑިއާ މީހަކު މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް