ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ކުރިޔަށް ގެންދިޔަ ޓެލެތޯންއަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ މިއަދު ވިދާޅުވީ ހަތަރު މިލިއަން ރުފިޔާ ލިބުނީ އެ ސްޓޭޝަންގައި ބެހެއްޓު ފަންޑު ފޮށްޓާއި އަތޮޅު ތެރޭގެ ކައުންސިލް ތަކާއި ގުޅިގެން 22 ރަށެއްގައި ބެހެއްޓި ފަންޑު ފޮށީގެ އިތުރުން އެސްއެމްއެސްއާއި އެކައުންޓަށް ޖަމާކުރި ފައިސާ އެއްކޮށްގެން ކަމަށެވެ. ރާއްޖެ ޓީވީން އެ ޓެލެތޯން ކުރިޔަށް ގެންދިޔައީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:30 ން ރޭ 8:30 އަށެވެ.
މި ފައިސާ ރޮހިންޖާ މުސްލިމުންނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށެވެ. ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރުމަށް އެ މަަސައްކަތް އޮޑިޓް ފާމަކާ ހަވާލުކޮށްފައިވާ ކަން ފިޔާޒު ވިދާޅުވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން ވެސް ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ. އަދި މީގެ ކުރިން ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބޮޑު ކެމްޕޭނެއް ހިންގި އިންޓަނޭޝަނަލް އެއިޑް ފަންޑުންވެސް ވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް