އައިއެސް ޖަމާއަތް ނައްތާލުމަށް އިރާގާއި ސީރިޔާގައި ހަނގުރާމަކުރަމުން އަންނައިރު އެ ހަނގުރާމަވެރިން ދޫކޮށްފައިދާ 1400 އަނބިންނާއި އެމީހުންގެ ދަރިން އިރާގުގެ ބެލުމުގެ ދަށުގައި ތިބިކަން އިރާގުން ހާމަކޮށްފި އެވެ.
އިރާގުން ބުނެފައިވާގޮތުގައި އައިއެސްގެ ކޮންޓްރޯލް ދަށުގައިވާ ތަންތަނުން އެމީހުން ފައްސާލާއިރު ނުވަތަ ހަނގުރާމައިން ބަލިވެ އެ ތަންތަން ދޫކޮށްފައިދާއިރު އަނބިދަރިން ދޫކޮށްފައި ދެ އެވެ. އަދި އެ އަނބިދަރިން އިރާގު ސިފައިންގެ ބެލުމުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށަށް ދެ އެވެ.
އެ އަނބިންގެ ތެރޭގައި ހިމެނެނީ ތުރުކީ އާއި ތަޖިކިސްތާނާއި އަޒަރުބައިޖާނާއި ރަޝިޔާ އަދި އެހެނިހެން ގައުމުތަކުގެ އަނބިންނެވެ. އެމީހުން ވަކި ކޭމްޕެއްގައި ތިބޭއިރު ޕާސްޕޯޓާއި އެހެނިހެން ރަސްމީ ލިޔެކިޔުންތައް އެމީހުންގެ އަތުގައި ނޯންނާތީ އެމީހުން ނިސްބަތްވަނީ ކޮން ގައުމަކަށްކަން ކަށަވަރު ނުކުރެވޭ ބަޔަކު ތިބި ކަމަށްވެސް އިރާގުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް