ސައުދީ އަށް ހިލޭ ގުޅޭގޮތަށް ދިރާގުން ހަމަޖައްސައިފި

ސައުދީއަށް ހިލޭ ގުޅޭގޮތް ދިރާގުން ހަމަޖައްސައިފި އެވެ. ދިރާގުން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިރާގުގެ ކަސްޓަމަރުންނަށް މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ހިލޭ ސައުދީ އަށް ގު...

12 Sep 2015 | 04:27

ސައުދީއަށް ހިލޭ ގުޅޭގޮތް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިރާގުގެ ކަސްޓަމަރުންނަށް މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ހިލޭ ސައުދީ އަށް ގުޅޭނެ ކަމަށެވެ.

https://www.facebook.com/dhiraagufans/posts/992359260816104

މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ހާދިސާގައި 107 މީހުން ނިޔާވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 200 އަށްވުރެ މަތީގަ އެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހައްޖު ކޯޕަރޭޝަނާއި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔަ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައިވާއިރު ބައިނަލްއަގްވާމީ ބައެއް މީޑީއާތަކުން ބުނާގޮތުން އެ ހާދިސާ ހިނގަން މެދުވެރިވީ އިއްޔެ މައްކާއަށް ކުރި ވިއްސާރައިގާ ހޮނު އެޅުމުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް