ދާހިލީ ހަނގުރާމަފެށިފަހުން ސީރިޔާއިން 2.5 މިލިޔަން މީހުން ސައުދީއަށް ހިޖުރަކޮށްފައިވޭ

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު އެ ހަނގުރާމަ ފެށިފަހުން މިހާތަނަށް 2.5 މިލިޔަން މީހުން ސީރިޔާއިން ސައުދީއަށް ހިޖުރަކޮށްފައި ވާކަމަށް ސައުދީ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ....

12 Sep 2015 | 02:59

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު އެ ހަނގުރާމަ ފެށިފަހުން މިހާތަނަށް 2.5 މިލިޔަން މީހުން ސީރިޔާއިން ސައުދީއަށް ހިޖުރަކޮށްފައި ވާކަމަށް ސައުދީ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ބައިނަލްއަގްވާމީ މީޑީއާއަށް މައުލޫމާތުދެމުން ސައުދީ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ސީރިޔާގެ އަހުންނާއި އުހުތުންނަށް އެހީވާ ވާހަކަ އަސްލު މީޑިއާގައި އެހާ ބޮޑަށް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. އެކަން ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ނޫންކަމަށާއި ދީނީ ގޮތުންނާއި އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ.

ސައުދީން މިކަންކަމާބެހޭ މައުލޫތު މީޑީއާތަކާއި ހިއްސާކޮށްފައި ނުވި ނަމަވެސް އެ ގައުމުން ވަނީ ރެފިއުޖީންނަށް އުފާވެރިކަން ގެނެސްދިން އިސްލާހެއް ދާދި ފަހުން ފާސްކޮށްފަ އެވެ. އެ އިސްލާހުގައި ބުނެފައިވަނީ ސީރިޔާގެ ރެފިއުޖީންނާއި މެދު އަމަލު ކުރާނީ ރެފިއުޖީންގެ ގޮތުގައި ނޫން ކަމަށާއި އެމީޙުން ދިރިއުޅޭ ތަންތަނަށް ކިޔާނީ ރެފިއުޖީ ކޭމްޕްތައް ނޫން ކަމަށެވެ. އެ އިސްލާހުގެ ދަށުން ސީރިޔާއިން ހިޖުރަކުރާ މީހުންނަށް ސައުދީގައި ބޭނުންތާކަށް ގޮސް އައުމުގެ ހުއްދަ ލިބިދެ އެވެ. ވަޒަންވެރި ވުމުގެ ފުރުސަތުވެސް ލިބިދެ އެވެ. އެ ފުރުސަތާއެކު ސައުދީ ރައްޔިތަކަށް ލިބިދޭ އިޖްތިމާއީ ރައްކާތެރިކަން ސީރިޔާގެ ރެފިއުޖީންނަށްވެސް ލިބިދެ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް ހިޖުރަކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި އަދަދަކީ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައިވެސް ގައުމަކުން ހިޖުރަކޮށްފައި ނުވާވަރުގެ އަދަދެއް ކަމަށް އދ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް