ތާރީހުން މިއަދު: ފަސް އަހަރު ކުރިން ކުޑަކުއްޖަކު ރާއްޖެއަށް ފަހުރެއް ހޯދައިދިން

13 އަހަރު ކުރިން މިއަދު – މޯބައިލް ފޯނުން ކުރެވޭ މުޅިން އާ ދެކަމެއް ތައާރަފް ކުރެވުނު މޮބައިލް ފޯނުގެ ޑިޕޮޒިޓް ދަންކަން ޖެހޭ ފަރާތްތަކުގެޑިޕޮޒިޓް ބޭނުން ކުރެވެމުންދާ ވަރާއި ފޯނު ބިލަށް އަރާ ވަރު އެސްއ...

12 Sep 2015 | 02:05

13 އަހަރު ކުރިން މިއަދު – މޯބައިލް ފޯނުން ކުރެވޭ މުޅިން އާ ދެކަމެއް ތައާރަފް ކުރެވުނު

މޮބައިލް ފޯނުގެ ޑިޕޮޒިޓް ދަންކަން ޖެހޭ ފަރާތްތަކުގެޑިޕޮޒިޓް ބޭނުން ކުރެވެމުންދާ ވަރާއި ފޯނު ބިލަށް އަރާ ވަރު އެސްއެމްއެސް އެއްއަކުން ކަސްޓަމަރުންނަށް ލިބޭނެ ގޮތް އަވަހާތައާރަފު ކުރުމަށް ދިރާގުން ނިންމީ މީގެ 13 އަހަރު ކުރިން 12 ސެޕްޓެމްބަރު 2002 ވަނަ އަހަރު އެވެ.

10 އަހަރު ކުރިން މިއަދު – އޭޓީއެމް މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދެއްކޭގޮތް ހަމަޖެއްސި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގޮފިތަކާއި އޭ.ޓީ.އެމް މެދުވެރިކޮށް ދިރާގުގެ ފޯން ބިލްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސެވުމާ ބެހޭ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މީގެ 10 އަހަރު ކުރިން 12 ސެޕްޓެމްބަރު 2005 ގަ އެވެ.

އަށް އަހަރުކުރިން މިއަދު – މަޖީދިއްޔާ ސްކޫލު ރޯކޮށްލަން އުޅުނު

މަޖީދިއްޔާ ސްކޫލު ކުދިންތަކެއް އެ ސްކޫލު ރޯކޮށްލަން މަސައްކަތްކުރީ މީގެ އަށް އަހަރު ކުރިން 12 ސެޕްޓެމްބަރު 2007 ގަ އެވެ. ސްކޫލުގައި ރޯކޮށްލަން އުޅުނީ ފޮތެއްގައި ރޯކޮށްލައިގެން ފުލުހުން އޭރު ވަނީ ހާމަކޮށްފަ އެވެ.

ހަތް އަހަރު ކުރިން މިއަދު – ރައީސް މައުމޫން ބޮޑު ވައުދެއް ވެ ވަޑައިގަތް

އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔަ ދުވަސްވަރެވެ. ރައީސް ކަމަށް ކުރިމަތިލެއްވި ފަރާތްތަކުން ދިޔައީ ބޮޑެތި ވައުދުތަކެއް ވަމުންނެވެ. އެގޮތުން އޭރު އެންމެ ތަފާތު އެއް ވައުދަކަށްވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 15000 ވަޒީފާ އުފައްދަވާނެ ކަމަށްބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެލެއްވި ވައުދެވެ.

ފަސް އަހަރު ކުރިން މިއަދު – ކުޑަކުއްޖަކު ދިވެހި ރާއްޖެއަށް ފަހުރެއް ހޯދައިދިން

އެއީ އޭރު އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް ފަހެއްގައި ކިޔަވަމުން ދިޔަ ދަރިވަރު، މ. ލަކީ ލާސްޓް، ރިފްދާ މުހައްމަދު ރަޝީދު، އެވެ. ރިފްދާ ވަނީ މިސްރުގައި ބޭއްވި ޤުރްއާން ކިޔެވުމުގެ ބައިނަލްއަގުވާމީ 18 ވަނަ މުބާރާތުގައި ބޮޑެތި މީހުންނާ ވާދަކޮށް މުބާރާތުގެ ދެ ވަނަ ހޯދާފަ އެވެ.

ހަތަރު އަހަރު ކުރިން މިއަދު – ވޯޓުލުމުގައި ދެން ބޭނުންކުރާނީ އިލެކްޓްރޯނިކް ސިސްޓަމެއް ކަމަށް އިލެކްޝަންސް އިން އިއުލާނު ކުރި

އޭރު އިލެކްޝަންސް ކޮމިޝަނުން ދިޔައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދުރާލާ ތައްޔާރުވަމުންނެވެ. ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނެފައިވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭތީ އެ ކަންތައް ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާފައެއް ނުވެ އެވެ.

ދެ އަހަރު ކުރިން މިއަދު – ދެން އައްޑޫ ތަރައްގީ ކުރާނީ މޮނިއުމެންޓަކާ ނުލާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުން ދިޔައީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އައްޑޫ ރައްޔިތުންނަށް ރައީސް ނަޝީދު ތަފާތު ވައުދެއް ވެވަޑައިގެންނެވި އެވެ. އެއީ ވެރިކަން ލިބިއްޖެނަމަ އައްޑޫ ތަރައްގީ ކުރާނީ މޮނިއުމެންޓާ ނުލާކަމަށް ބުނެ ވި ވައުދެވެ.

އެއް އަހަރު ކުރިން މިއަދު – ރައީސް ޔާމީން ހައްޖަށް ވަޑައިގަތުމަށް ނިންމެވި

ހައްޖަށް ވަޑައިގަންނަވާނެކަން ރައީސް ޔާމީން އިއުލާނު ކުރެއްވީ އެއް އަހަރު ކުރިން މި ތާރީހުގަ އެވެ. އިއުލާނު ކުރެއްވި ގޮތަށް 27 ސެޕްޓެމްބަރު 2014ގައި ހައްޖަށް ފުރާވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް