ސަރުކާރުން ޑޮލަރުގެ އަގު ދަށަށް ދާނެ ކަމަށް ބުނެފައި ވަނިކޮށް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 އިން މައްޗަށް އަރައިފި

މިއަހަރު ފެށުނު އިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށާއި ، އަގު ދަށްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހާރު ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވ...

12 Aug 2024 | 16:48

މިއަހަރު ފެށުނު އިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށާއި ، އަގު ދަށްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިހާރު ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ18:30 އަށް އަރައިގެން ގޮސްފައިކަމަށް ބައެއް މަސްދަރުތަކުން ދުވަސް އަށް ކަށަވަރުކުރެވިއްޖެއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ މިއަހަރު ފެށުނުއިރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް ފަތުރުވެރިންގެ ސީޒަން ނިމިގެންގޮސް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ މިންވަރު މަދުވެފައި ވަނިކޮށް އަނެއްކާވެސް މިވަނީ ޑޮލަރުގެ އަގު ބޮޑުތަނުން އުފުލިފައެވެ. މީގެއިތުރުން ތަކެތީގެ އަގުތައްވެސް އުފުލެމުން ދާކަން ވަނީ ފާހަގަ ވެފައެވެ.

ބެންކުގެ ޑޮލަރު ރޭޓަކީ 15.42 ނަމަވެސް ބެންކުން ޑޮލަރު ދޫކުރަނީ ވަކި ލިމިޓަކަށެވެ. އެހެން ކަމުން ވިޔަފާރިވެރިންނާއި ދަތުރުވެރިން ޖެހެނީ ބޮޑު އަގުގައި ޑޮަލަރު ކަޅު ބާޒާރުން ގަންނާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް