ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން 3 ލައްކަ ރުފިޔާ ހޯދިކަމުގެ ތުހުމަތު - ގޭދޮށަށް އެއްވެ މުޒާހަރާ ކުރަނީ

ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުކޮށް އޭނާ ދިރިއުޅޭ ގޭދޮށަށް ބަޔަކު އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާ ކުރަމުން ދާތާ އެއް ގަޑިއިރެއްހ...

12 Aug 2024 | 16:21

ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުކޮށް އޭނާ ދިރިއުޅޭ ގޭދޮށަށް ބަޔަކު އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ.

މި މުޒާހަރާ ކުރަމުން ދާތާ އެއް ގަޑިއިރެއްހާއިރު ވެފައިވާއިރު، މުޒާހަރާ އަންނަނީ ޓިކްޓޮކްގައި ލައިވް ކުރަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ގ. އަސްޑާ ކެފޭ ހުންނަ ހިސާބުގައި މިރޭ ބަޔަކު އަޑުއުފުލަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިރޭ އެ މުޒާހަރާ ޓިކްޓޮކްގައި ލައިވް ކުރާ ފަރާތުން ބުނިގޮތުގައި މިކަން ހިނގާފައިވަނީ އޮޅުވާލައިގެން ފައިސާ ހޯދި އަންހެން މީހާއާއި ގާތް ގުޅުމެއް ބޭއްވި ފިރިހެނަކަށް ކަމަށެވެ. އެ އަންހެން މީހާ އަކީ ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށާއި އެ އަންހެން މީހާ ވަނީ އެ ފިރެހެން މީހާގެ އަތުން300،000 ރުފިޔާ އޮޅުވާލައިގެން ހޯދާފައި ކަމަށްށެވެ.

އެ ފައިސާ ހޯދި ފަރާތުން ފައިސާ ޖަމާކޮށްފައިވަނީ އޭނާގެ ކޮއްކޮ އަދި ފިރިމީހާގެ އެކައުންޓަށް ކަމަށް ވެސް ޓިކްޓޮކް ލައިވް ކުރަމުން ދާ ފަރާތުން ވަނީ ބުނެފައެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ އެއްވެފައެވެ. އަދި އެމީހުން ދަނީ އެ އަންހެން މީހާ ނެރުމަށް ގޮވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް