އެމްޑީޕީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓްތައް ދޫކޮށްފައިވާ ފަރާތްތަކުގައި ހިމެނޭ ގިނަ މީހުންނަކީ ވައްކަންތައް ކޮށްގެން ލިސްޓުގައި ހިމަނާފައިވާ މީހުންކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތީގެ ލިސްޓާ އެއްގޮތަށް އެ ތަންތަން ދޫކުރުން ލަސްވާތީ އެމްޑީޕީ ޕާޓީއަށް ނިސްބަތްވާ މެންބަރުން މިއަދުގެ މަޖިލީޙުގެ ޖަލްސާގައި ވަނީ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރާ ސުވާލުކުރައްވާފައެވެ.
އެކަމާއި ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެުގައި ސުޖާއު ވިދާޅުވީ، ނިމިދިޔައި ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވަނީ ޕާޓީއަށް ތާއިދުކުރާ މީހުންނަށް ކަމަށެވެ. އެއީ އިންސާފުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ސުޖާއު ވަނީ އެ ފޯމުތައް ހުށަހެޅި ފަރާތްތަކުން ވަނީ މާލޭގައި ވަކި އަހަރެއް ވަންދެން ދިރިއުޅުނު ކަމަށް ބުނެ ދޮގު ލިޔުން އުފައްދާފައިކަމަށް ތުހުމަތު ކުރައްވާފައެވެ.އަދި ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން60 އިންސައްތަ މީހުންނަކީ އެފަދައިން ވައްކަން ކޮށްފައިވާ މީހުން ކަމަށް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މި ވެރިކަމުން ގޯތި ދޫކުރާނީ އިންސާފުން އޭގެ އެންމެ ހައްގުވެރިންނަށް ކަމަށެވެ. އަދި އެމްޑީޕީން އުޅެނީ އެ ޕާޓީގެ ސަރުކާރު ނިމުނު އިރު ގޯތި ދީ، ފުލެޓުތައް ނުނިންމުނުކަން ރައްޔިތުންނަށް އޮޅުވާލާއިގެން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ފުލެޓު ލިބުން ލަސްވެގެން މާލޭގެ ބައެއް ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާތައްވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް