މަލްޝާގެ މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާއަށް މަލާމަތްކުރި މައްސަލައިގާ މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ސަސްޕެންޑް ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޝަރީފް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއ...

12 Aug 2024 | 11:21

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާއަށް މަލާމަތްކުރި މައްސަލައިގާ މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ސަސްޕެންޑް ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޝަރީފް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒަށް ތައުރީފު ކުރައްވާ އެކްސްގައި ކުރެއްވެވި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މަލްޝާ އެކްސްގައި ކުރެއްވެވި ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަވާފައެވެ.

މި ޕޯސްޓާއި ގުޅިގެން ބައެއް އިދިކޮޅު ފަރާތްތަކުން މަލްޝާއަށް މަލާމާތާއި ފުރައްސާރަ ވެސް ދަނީ ރައްދުކުރަމުންނެވެ.

ގިނަ ބަޔަކު މަލްޝާއަށް ނުރުހުން ފާޅުކޮށްފައިވަނީ މަސައްކަތެއް ނުކޮށް މުސާރަ ނަގާކަމަށް ބުނެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ފުރައްސާރަކުރުމުގެ ސަބަބުން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފް އާއި މުހުޒޫމް މާޖިދު އަދި މަރިޔަމް ޝިއުނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑުކުރި ފަހުން އަށް މަސްވެފައިވާއިރު، ސަސްޕެންޝަންގައި ތިބި ނަމަވެސް މުސާރަ ހިނގައެވެ.

އެއީ ގިނަ ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނަ މައްސަލައަކަށް އޮންނަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް