ފެންބޮޑުވާނެކަމަށް ލަފާކޮށް އެންމެ އުތުރު ތިން އަތޮޅަށް އޮރެންޖު އިންޒާރު

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެޓުން އޮރެންޖު އިންޒާރު ނެރެފިއެވެ. މި އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ހަވީރު 04:00 އިން މިރޭ 7...

12 Aug 2024 | 10:55

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެޓުން އޮރެންޖު އިންޒާރު ނެރެފިއެވެ.

މި އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

ހަވީރު 04:00 އިން މިރޭ 7:00އާއި ދެމެދުގެ ވަގުތަށް ނެރެފައިވާ މި އިންޒާރުގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެންމެ އުތުރުގެ ތިން އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު އިއްޔެއިން ފެށިގެން ރާއްޖޭގެ މޫސުން މިވަނީ ވަރަށް ގޯސްވެފައެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ މޫސުން ގޯސްވެފައިވާކަމަށާއި މި ހަފްތާގެ ނިޔަލަށް މޫސުން ގޯސްވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް