އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ އިހްލާސްތެރިކަމެއް ނެތި، ގައުމުގެ ފަތުރުވެރިކަން ފުނޑާލުމުގެ ނިޔަތުގައި ކަމަށް ވެލިދޫ ދާއިރާގެ މެންބަރުު މުޙައްމަދު އައްބާސް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އައްބާސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކުރާ މަސައްކަތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އިިންޝުއަރެންސް ކުރެވެނީ ރާއްޖޭގެ ފައިސާ ހުރެ، ކުންފުނިތް ހިނގާ، ރައްޔިތުންގރ އަނގަ އާއި އަތާ ދިމާވެގެން ކަމަށެވެ.
މެންަބަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓޭ ކިޔައިގެން މިތާ މި ވާހަކަ ދައްކަނީ އަސްލު ޕާސްޕޯޓު މަނާ ކުރާކަށް ނޫން ކަމަށެވެ.އެއީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވިގޮތުގައި ޕާސްޕޯޓު މަނާކޮށްފިނަމަ ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުން ތަކެއްވާނެ ކަމަށްށެވެ.
" އެބަ އިނގޭ މޫލި ޔޫރަޕު އުތުރި އަރާނެކަން އިޒްރޭލު ޕާސްޕޯޓު މަނާކުރާއިރަށް. އެ ހިސާބުން ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑު ކޮށްލެވޭނެކަން އެމީހުންނަށް އެނބަ އެނގޭ. އެމީހުން ބެނުމެއް ނުވޭ މި ފަސް އަހަރު ދުވަސް ތެރޭގައު ރާއްޖޭގެ ރައްޔިތުން އުފަލާ އަރާމުގަ ހިތްހޖަމަޖެހިގެން އުޅޭކަށް" އައްބާސް ވިދާޅުވިއެވެ.
ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ނިންމާފައިވީ ނަމަވެސް، އެކަމަަށް އެއްވެސް އަމަލީ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ބުނެ ގިނަ ރައްޔިތުންތަކެއް ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް