އެމްޑީޕީ ސަރުކާރުން ހުޅުމާލެ ފޭސް ތިނެއް ހިއްކަން ހަވާލު ކޮށްފަ އޮތީ ރާޖޫ ކިޔާ މީހަކަށް ބަދަލުގައި ބިން ދޭ ގޮތަށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
މެންބަރު ވަނީ ހުޅުމާލޭގެ ބަދަރު އެއްކޮށް ހިއްކާލީމަ އޮޑި ދޯނި ފަހަރު ލަފާ ފުރާނެ ގޮތަކާއި މެދު ސުވާލު އުފައްދަވާފައެވެ.
މެންބަރު ވިދާޅުވީ، ހުޅުމާލޭގެ ފޭސްް ތިނެކޭ ކިޔާފަ ބަނދަރު އޮތް ސަރަހައްދު އެއްކޮށް ދަނީ ހިއްކަމުން ކަމަށެވެ. އެއީ މި ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްތެއް ނޫން ކަމަށާއި، އެއީ އެމްޑީޕީ ސަރުކާރުން މިދިޔަ ދައުރުގަ ރާޖޫ ކިޔާ މީހަކަށް ބަދަލުގައި އެތަނުން ބިން ދޭ ގޮތަށް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.
އަދި ރާޖޫ ކިޔާ މީހާ ވަނީ އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް އިއުލާން ކޮށްފައި ކަމަށް ވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.
ހުޅުމާލެއަކީ ދެލައްކަ، ތިންލައްކައެއްހާ މީހުން އާބާދުވާގޮތަށް ތަރައްގީ ކުރަމުން ދާ ތަނެއް ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ވަންތަ ގައުމަކުން އެއް ރަށުން އަނެއް ރަށަށް ލަފާ ފުރަން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
"ހުޅުމާލޭގެ ބަނދަރު އެއްކޮށް ހިއްކާލީމަ އޮނޑި ދޯނި ފަހަރު ލަފާ ފުރާނެ ގޮތަކާއި މެދު މެންބަރު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް