ގިނަ ބުރުތަކަކަށް އިންތިޒާރު ކުރާނެކަމެއް ނެތް: ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގައި ގިނަ ބުރުތަކަކަށް އިންތިޒާރު ކުރުމެއް ނެތްކަމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޓިކެޓުގައި ރައީސްކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުޅ...

12 Aug 2023 | 18:24

ރިޔާސީ އިންތިހާބުގައި ގިނަ ބުރުތަކަކަށް އިންތިޒާރު ކުރުމެއް ނެތްކަމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި ރައީސްކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ދެވަނަ ބުރެއް ބާއްވަންޏާ ދާނެ ހަރަދަކީ 40 ވަރަކަށް މިލިޔަން ރުފިޔާ ކަމަށާއި އެ 40 މިލިޔަން ރުފިޔާ ހަރަދުނުކޮށް ވެރިކަން ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ.

މުއިއްޒު ކުޅުދުއްފުއްޓަށް މިރޭ ގިނަ ވައުދުތަކެއްވެސް ވެވަޑައިގެންނެވިއެވެ. ކުޅުދުއްފުށީގެ މަގުތައް ރަނގަޅުފެންވަރެއްގައި ހެދުމާއި މާލެއަށް ބަރޯސާވާން ނުޖެހޭވަރުގެ ހޮސްޕިޓަލެއް ގާއިމް ކުރުމާއި ދެވަނަ ދަމަނަވެއްޓެއް ކުޅުދުއްފުށީގައި ގާއިމް ކުރުމުގެ ވައުދު ކުޅުދުއްފުއްޓަށް މުއިއްޒު ވެ ލެއްވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ތަރައްގީ ގެންނާނީ މިހާރުގެ ސަރުކާރުން ގައުމު ދަރުވާލާފައިވާ ދަރަނި ރީ ސްޓްރަކްޗާކޮށްގެން ކަމަށާއި ބުންވަރު ހުރި އިގްތިސާދެއް ގައުމުގައި ގާއިމްކުރެވިގެންދާނެކަމުގެ ޔަގީންކަން އަރުވާކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް