ރައީސް މުއިއްޒަށް: ގައުމު ކުރި ނާރާ މިއޮތީ ބޮޑު އާބާދީ ކުޑަ އާބާދީ ތަފާތު ކުރާތީ

ގައުމު މިއަދު ކުރި ނާރާ މިއޮތީ ބޮޑު އާބާދީއާއި ކުޑަ އާބާދީ ތަފާތު ކުރާތީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި މިހާރު ނ. އަތޮޅަށް ކު...

12 Aug 2023 | 17:39

ގައުމު މިއަދު ކުރި ނާރާ މިއޮތީ ބޮޑު އާބާދީއާއި ކުޑަ އާބާދީ ތަފާތު ކުރާތީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެންސީގެ ކެނޑިޑޭޓް ނަން ނުދަންނަވައި ރައީސް ސޯލިހް ވިދާޅުވީ ތިމަންނާގެ ވެރިކަމެއްގައި އިސްކަންދޭނީ އާބާދީ ބޮޑެތި ރަށްރަށަށްކަމުގައި ކެނޑިޑޭޓަކު ކެމްޕޭނު ފައްޓަވަމުން މިއަދު ވިދާޅުވި ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ޑރ. މުއިއްޒަށެވެ.

ރައީސް ވިދާޅުވީ ގައުމު ކުރިނާރާ އޮތީ އެ ސިޔާސަތު އެހެން އޮތަތީ ކަމަށާއި އެއީ 2013 އިން 2018 އަށް ކުރިއަށްގެންދިޔަ ސިޔާސަތު ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމާ ގަދަބާރުން ވެރިކަން ކުރުމުގެ ސިޔާސަތު ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް