ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވާ އަނިޔާ ދިނުމުގައި ރައީސް ސޯލިހެކޭ އެއްވަރަށް ރައީސް ނަޝީދުވެސް ބައިވެރިވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލު މެދުވެރިކުރައްވާ މިއަދު ދެއްވި މެސެޖެއްގައެވެ.
ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމަށް 1000 ދުވަސް ފުރުމާއި ގުޅިގެން މިއަދު ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު ރައީސް ޔާމީންގެ ހާއްސަ މެސެޖެއް ސައިކަލު ބުރުގެ ބައިވެރިންނާ، ޑރ. ޖަމީލް ހިއްސާ ކުރެއްވިއެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގައި އިސްކޮށް ރައީސް ސޯލިހް ބައިވެރިވާ ފަދައިން ޖޭއެސްސީގެ ތެރެއިން އަނިޔާ ދިނުމުގައި ރައީސް ނަޝީދު ބައިވެރިވާކަމަށެވެ. އަދި އިމްރާންވެސް ބައިވެރިވާކަމަށެވެ.
ޑިމޮކްރެޓުން ޖަހާ ސަކަރާތުގައި އެއްވެސް ބޭފުޅަކު ބައިވެރިނުވުމަށް ރައީސް ޔާމީން އެދިލެއްވިކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް