ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުން ނެރެން ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ ޑިމޮކްރެޓްސް އަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އިއްޔެ ގދ. ގައްދޫގައި ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ޕީޕީއެމްއަށް އެ މަސައްކަތް ކުރެވޭ ނަމަ ރައިސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ.
"ރައީސް ޔާމީނު ފަސް އަހަރު، މި ދައުރުއެކީ ޖަލުގަ އެ ހުންނެވީ، މިއަދު ޕީޕީއެމްގެ ލީޑަރޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީ
ނަޝީދު ވިދާޅުވުއެވެ
ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުޑަ ދުވަސްކޮޅަކު ޖަލުގައި އޮންނެވީ އެމްޑީޕީގެ މެމްބަރުންނަށް އެ މަސައްކަތް ކުރަން އެނގޭތީ ކަމަށެވެ.
ނަޝީދަށް ލުއި ލިބިލެއްވީ އެމްޑީޕީގެ މެމްބަރުން ބައިނަލްއަގުވާމީ މައިދާނުގައި ކުރެއްވި މަސައްކަތުންނާއި މަގުތަކުގައި ކުރެއްވި މަސައްކަތުންކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް އެ ލުއި ލިބި ނުލެއްވި ކަމަށެވެ.
އެހެންކަމުން، ނަޝީދު ޕީޕިއެމް މެމްބަރުންނަށް ޔަގީންކަން ދެއްވީ، ޕީޕީއެމްއިން ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ، އެކަމަށް ސޮއިކުރައްވާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީނު ގެއަށް ގެންގޮސްދެއްވާނެ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް