ފަގީރުންނާ މުއްސަނދިންގެ ތަފާތު ކުޑަ ކުރުން ނޫންކަމެއް ވިސްނުމަކު ނެތް: ނާޒިމް

ފަގީރުންނާ މުއްސަނދިންގެ ތަފާތު ކުޑަ ކުރުން ނޫންކަމެއް ވިސްނުންފުޅުގައި ނެތް ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ކެމްޕޭން ދަތުރެއް ނިންމަވ...

12 Aug 2023 | 15:12

ފަގީރުންނާ މުއްސަނދިންގެ ތަފާތު ކުޑަ ކުރުން ނޫންކަމެއް ވިސްނުންފުޅުގައި ނެތް ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ކެމްޕޭން ދަތުރެއް ނިންމަވައި މާލެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ، ކޮންމެ ވައުދަކީވެސް ފުއްދޭނެ ވައުދެއް ކަމަށާއި ދިވެހިރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރާނެ ގޮތްތަކެއް ރާވާފައި ވާ ކަމަށެވެ. އޭގެ ތެރެއިން ދެކަމެއް ނާޒިމް ވަނީ ހިއްސާ ކޮށްދެއްވާފައެވެ.

އެއީ އެޑިއުކޭޝަން އިތުރު އިންޑަސްޓްރީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރިނޮވޭޝަން އެންޑް ޓެކްނޮލޮޖީ އިތުރު އިންޑަސްޓްރީއެއްގެ ގޮތަށް ތަރައްގީ ކުރުމެވެ.

އަދި ހަަމައެޔާއެކީ، ދިވެހިރާއްޖޭގަ ހަރަދުތައް މަދުކޮށް އެ ފައިސާ ސޭވްކޮށް، ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތެއް ބަލާނަން

ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ރައްޔިތަކަށް ފައިސާ ދޭތީ ކަންބޮޑުވާން ނުޖެހޭ ކަމަށާއި، ބޭނުމީ ރައްޔިތުންގެ ފައިސާ އަލުން އަނބުރާ ރައްޔިތުންނަށް ދޭންކަމަށެވެ.

އަދި ވެފައޮތް ވައުދުތަކަކީ ވަރަށް ރަނގަޅަށް ފުއްދާނެ ވައުދުތަކަކެއް ކަމަށާއި ރާއްޖޭގައި އޮތް ދަރަނި އަލުން ރީ ސްޓްރަކްޗަރ ކޮށްގެން މެނޭޖްކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖެއަކީ އިގްތިސޯދީގޮތުން ބާރުގަދަ ގައުމަކަށް ހަދައި، ދިވެހި ރައްޔިތުންނަކީ ފުދުންތެރިކަމާ އެކީގަ އުޖާލާ ޒަމާނުގައި ތިބި ބަޔަކަށް ހަދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް އިިތުރަށް ހަރުދަނާ ކުރާނެކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ރައީސް ވަށައިގެން ތިއްބަވާ ބައެވިޔަފާރި ވެރިންނަށް ބޮޑެތި އަދަދުތަކުން ސުވެރަން ގެރެންޓީ ދެވޭނަމަ، ދިވެހި ރައްޔިތުންނަށް ސުވަރަން ގެރެންޓީ ނުދެވެންވީ އެއްވެސް ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އަދި ރާއްޖެއަކީ އަދި ޑީފޯލްޓަށް ގޮސްފައި އޮތް ގައުމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް