ޓްރީ ޓޮޕް ހޮސްޕިޓަލުން ހިތާނީ ކޭމްޕް 2023 ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.
އެގޮތުން 250 އަށް ވުރެ ގިނަ ބޭފުޅުންނަށް މި ކޭމްޕުގައި ހިދުމަތް ފޯރުކޮށްދީފައިވާކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިގަނޑު މަގްސަދަކީ ވަޑައިގަންނަވާ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ހިތާނީ ކޭމްޕުގެ ހަރަކާތްތެރިވެފައިވާ ސިއްހީ މާހިރުންގެ ތެރޭގައ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް ، އަދި ޑރ. އުކަތަމް އަބްދުއްލާޔެވްގެ ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑައިގަންނަވައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިތާނީ ކޭމްޕު ޕެކޭޖުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އޮޕަރޭޝަންނަށް ހާއްސަ ޑޮކްޓަރ އަދި ހޭނައްތާ ޑޮކްޓަރ ކޮންސަލްޓޭޝަން، ލެބް އިންވެސްޓިގޭޝަންސް، ސަރޖަރީއަށްފަހު ދެވޭ ބޭސް، ޑޭކެއަރ ޔުނިޓް ހިދުމަތް އަދި ފޮލޯ އަޕް ކޮންސަލްޓޭޝަން ހިމެނެއެވެ. އަދި ރޫމް އަޕްގްރޭޑް ކުރަން ބޭނުންވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއް ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވުން ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް