ރައީސް، މާޅެންދުއާއި ކުޑަފަރީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ. މި...

12 Aug 2023 | 09:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ރައީސް ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.

އެގޮތުން ރައީސް މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، މާޅެންދޫގައި އަދި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ، މާލޭވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާއެވެ.

އަދި މިމަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުން ކަމަށް ރައީސް އޮފީހިން ބުނެފައިވެއެވެ.
މީގެ އިތުރަށް ރައީސް ވަނީ، ކުޑަފަރީގައި ފުޓުބޯޅަ ދަނޑުވެސް ހުޅުއްވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ، ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރައްވައިގެން ކަމަށްރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް