އަންނަ އަންގާރަ ދުވަހު މާލެއިން ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކުޑަފަރީގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިސާޅުވީ، ޕްލޭނަކީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާލެއިން ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.
މާލެއިން ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގެ މަސައްތަް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި ގޯއްޗާއި ފްލެޓް އަޅަމުން ދަނީ އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހުގައި ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިހާރު ކުރިއަށް ދަނީ ބިން ތަކުގެ މިން ކަނޑައެޅުމާއި ބިން ދޫކުރާ ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި ގުރު ނެގުމުގެ މަސައްކަތް އޭގެ ފަހުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް