މިއަހަރުގެ ރިޔާސީ އިންތިހާބަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހަސަން ޒަމީލްގެ ވެރިކަމެއްގައި، ގޭގައި ދަރިންބަލައި ގޭގެ މަސައްކަތްތައް ކުރަން ހުންނަ ބެލެނިވެރިއަކަށް 20 ހާސް ރުފިޔާއަށްވުރެ މަދު ނޫން މުސާރައެއް ދޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑީއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ޒަމީލް ވިދާޅުވީ، އިންތިހާބަށް ފޯމު ހަމަކުރަން ސޮއިކޮށްދިން އެންމެންނަށް ވަރަށް ބޮޑަށް ކުރުރު އަދާކުރާ ކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރެވޭތޯ ކެމްޕޭން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަ ކުރައްވަމުން ޒަމީލް ވިދާޅުވީ ވީހާވެސް ގިނަ ބޭފުޅުންގެ ކައިރިއަށް ޒިޔާރަތްކޮށް، ބައްދަލު ކުރަން ބޭނުންވި ނަމަވެސް އެއީ ކުޅަދާނަ ވާ ވަރަށްވުރެ ބޮޑު ހަރަދެއް ކަމަށެވެ.
އެހެންކަމުން ގިނަ މަސައްކަތް ހިންގުމަށް ގަސްތުކޮށްފައި ވަނީ ސޯޝަލްމީޑިޔާގެ ޒަރިއްޔާއިން ކަމަށް ޒަމީލް ވިދާޅުވިއެވެ..
ދަރިން ބެލުމާއި ގޭތެރެ ބެލެހެއްޓުމުގެ މަސައްކަތަކީ ފުލްޓައިމް ވަޒީފާއެއް. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ބޮޑުކަމުން ގިނަ ފަހަރަށް ދެ ބެލެނިވެރިންވެސް އާމްދަނީ ލިބޭފަދަ ވަޒީފާއެއް އަދާކުރަން އެބަ މަޖުބޫރުވޭ. އެހެން ވުމުން، ދަރިން ބެލުމަށާ ގޭތެރޭގެ ކަންތައްތައް ކުރުމަށް މުސާރަ ދީފަ މީހަކު އެބަ ބަހައްޓަން ޖެހޭ. ނުވަތަ އެ ކަންކަން ކޮށްދެނީ އެކުދިންގެ މާނަ ނުވަތަ ކާފަ ނުވަތަ އާއިލާގެ ކޮންމެވެސް އެހެން މެމްބަރެއް.
ޒަމީލް ވިދާޅުވިއެވެ.
ދަރިން ބެލުމާއި ގޭތެރެ ބެލެހެއްޓުމުގެ މަސައްކަތަކީ ފުލްޓައިމް ވަޒީފާއަކަށްވީ ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ބޮޑުކަމުން ގިނަ ފަހަރަށް ދެ ބެލެނިވެރިންވެސް އާމްދަނީ ލިބޭފަދަ ވަޒީފާއެއް އަދާކުރަން މަޖުބޫރުވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.
އެހެން ވުމުން، ދަރިން ބެލުމަށާ ގޭތެރޭގެ ކަންތައްތައް ކުރުމަށް މުސާރަ ދީފަ މީހަކު ބަހައްޓަން ޖެހޭ ކަމަށާއި، ނޫނީ އެ ކަންކަން ކުރުމަށް އެކުދިންގެ މާނަ ނުވަތަ ކާފަ ނުވަތަ އާއިލާގެ ކޮންމެވެސް އެހެން މެމްބަރަކާ ހަވާލު ކުަރން ޖެހޭ ކަމަށް ޒަމީލް ވިދާޅުވިއެވެ..
ޒަމީލް ފާހަގަ ކުރެއްވި ގޮތުގައި، މިފަދައިން ކަންކަން ވުމަކީ ދަރިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ..
އެހެންކަމުން، ކުރިއަށް އިތް ފަސް އަހަރަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައްޔިތުން ޒަމީލްއާ ހަވާލު ކޮށްފިނަމަ ދަރިންބެލުމާއި ގޭތެރޭގެ ކަންތައްތައް ކުރުމަށް ގޭގާ ހުންނަ ބެލެނިވެރިޔާއަށް 20 ހާސް ރުފިޔާއަށްވުރެ ކުޑަނޫން މުސާރައެއް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޒަމީލް ފާހަގަ ކުރެއްވި މައްސަލަ އަކީ ރާއްޖޭގެ އިގްތިސޯދު ފުޅާވާ މިންވަރަށް ރާއްޖޭގެ އާބާދީ އިތުރެއް ނުވާ މައްސަލައެވެ.
އެހެން ވުމުން ބިދޭސީން އެތެރެ ކުރަމުން ގޮސް، މިހާރު ވަނީ ނުަރައްކާވާ މިންވަރަށް ބިދޭސީންގެ އާބާދީ ރާއްޖޭގައި އިތުރުވެފައިކަމަށް ޒަމީލް ވިދާޅުވިއެވެ. އަދި ބިދޭސީންގެ އާބާދީ މަދު ކުރެވޭނީ ދިވެހިންގެ އާބާދީ އިތުރު ކޮށްގެން ކަމަށް ޒަމީލް ވިދާޅުވިއެވެ.
ދިވެހިންގެ އާބާދީ އިތުރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ވަރަށް ބޮޑަށް ލަސްވެެއްޖެ ކަމަށާއި މިހާރު އެ މަސައްކަތް ފަށައިފި ނަމަ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުގެ ތެރޭގައި ދިވެހިންގެ އާބާދީ އިތުރު ކުރެވި، ދިވެހިންގެ އިގްތިސޯދަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އުފެއްދިދާނެ ކަމަށް ޒަމީލް ލަފާކުރެއްވިއެވެ.
އެހެންކަމުން، ދިވެހިންގެ އާބާދީ އިތުރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންނަށްވެސް ފެންނަ ކަމަކަށް ވާނަމަ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޒަމީލަށް ވޯޓުދިނުމަށް ޒަމީލް އެދިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް