ޝައިޚް ޑރ. އަލީ ޒާހިރުގެ ތާއީދު ޑރ. މުއިއްޒަށް

ޝައިޚް ޑރ. އަލީ ޒާހިރު ބިން ސައީދުގެ ތާއީދު ޑރ. މުއިއްޒަށް އޮތްކަން ހާމަކުރައްވައިފިއެވެ. ޑރ. އަލީ ޒާހިރު މިކަން ހާމަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހ...

12 Aug 2023 | 05:43

ޝައިޚް ޑރ. އަލީ ޒާހިރު ބިން ސައީދުގެ ތާއީދު ޑރ. މުއިއްޒަށް އޮތްކަން ހާމަކުރައްވައިފިއެވެ.

ޑރ. އަލީ ޒާހިރު މިކަން ހާމަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވެފައިވަނީ ޑރ. މުޢިއްޒު އާ ބައްދަލުކޮށް ވެރިކަމުގެ ތަސައްވުރު ސާފު ކޮށްފައިވާނެކަމަށާއި ޑރ. މުއިއްޒާއިމެދު އިތުބާރު އެބައޮތް ކަމަށެވެ.

"ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި. އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް." ޑރ. އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

ޑރ. އަލީ ޒާހިރު ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާއިރު އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ ޑރ. މުއިއްޒާއި ބައްދަލުކުރައްވާ ޑރ. މުއިއްޒުގެ މެނިފެސްޓޯއާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް