އުރީދޫ މަސްރޭސް ކުޅުދުއްފުށީގެ ޗެމްޕިއަންކަން 'ބުޅި ކެނޑި' ޓީމަށް

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 –ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަންކަން ޓީމް ބުޅި ކެނޑި އިން ހޯދައިފިއެވެ. އުރީދޫގެ 18 ވަނަ އ...

12 Aug 2023 | 02:54

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 –ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަންކަން ޓީމް ބުޅި ކެނޑި އިން ހޯދައިފިއެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަހަރުގެ މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވަން ހަމަޖައްސާފައެވެ.

މި މުބާރާތުގައި ފުރަތަމަ މަސްރޭސް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގައެވެ. އެއަށްފަހު ދެވަނައަށް ކުޅުދުއްފުށި ސިޓީގައެވެ.

މަސްރޭހަށް ކުޅުދުއްފުށިން ރެޖިސްޓަރ ކުރި 20 ޓީމާއެކު މާލޭގައިއެ ސިޓީގައި މި މުބާރާތް ފަށާފައިވަނީ  އިއްޔެއެވެ.

މި ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް އުރީދޫ އިން ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އެގޮތުން، ބުޅި ކެނޑި ޓީމުން ޖުމްލަ 1214.25 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާ ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ވަނީ ހޯދާފައެވެ. އަދި މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ލައްޓި އިންނެވެ. ހަމައެފަދައިން 612.35 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ.

މީގެ އިތުރަށް، ޓީމް ލައްޓިގެ އާދަމް ހަލީސް، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ދަމާ ނަގާ ޓީމުގެ ޚަދީޖާ މޫސާ އެވެ.  އަދި މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވާ ބަރުމިނުގައި 25.85 ކިލޯ ގެ މަހެއް ބޭނީ ބުޅި ކެނޑި ޓީމްއިންހަސަން އަލީ އެވެ. އެގޮތުން އޭނާއަށް ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތައް:

  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ވަނީ ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް