ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕޭނަށް ނ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ފުރާވަޑައިގަންނަވާނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ކެމްޕޭނަށް ރައީސް އެމްނެ ފަހުން ވަޑައިގަތީ ދ، ގދ އަދި ގއ އަތޮޅުގެ ރަށްރަށަށެވެ.
އެ ދަތުރުފުޅުގައި ދ އަތޮޅުގެ މީދޫ، ރިނބުދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ، ކުޑަހުވަދުއަށް ވަޑައިގެންނެވިއެވެ.
އޭގެ ފަހުން އަންގާރަ ދުވަހު ގދ ކާޑެއްދޫޫ އަށް ވަޑައިގަންވަނަވައި، ގއ އަދި ގދ ގެ ރަށްރަށަށް ދަތުރު ކުރެއްވިއެވެ. އެގޮތުން ރައީސް ވަނީ މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ ، ރަތަފަންދޫ، ފިޔޯރީ، ގައްދޫ، ވާދޫ، ފަރެސްމާތޮޑާ، ދެއްވަދޫ، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ދާންދޫ، ކޮލަމާފުށި، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވާފައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް ށ. އަތޮޅުންނެވެ.
އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.
އޭގެ ފަހުން ކ. އަތޮޅުގެ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.
އެއަށްފަހު އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ. އަދި އޭގެ ފަހުން ށ. އަތޮޅާށާއި ހދ އަތޮޅަށް ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް