ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން އަނެއްކާ ވެސް ރެކޯޑެއް އައު ކޮށްފިއެވެ.
އެޓީމުން އައު ކޮށްފައިވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.
މި ޓީމުގައި ހިމެނޭ މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އައިމިނަތު ލަޔާނާ މުހައްމަދު މި ރެކޯޑު އައުކުރީ ތުރުކީގެ ކޮންޔާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް 48.21 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން ވެސް މި ރެކޯޑު އޮތީ މި ދުވުންތެރިންގެ އަތުގައެވެ. އެއީ ނިމިދިޔަ ކޮމަންވެލްތު ގޭމްސްގައެވެ. އެފަހަރުގެ ރެކޯޑަކީ 49.19 ސިކުންތެވެ.
އިސްލާމިކް ސަޮރިޑަރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުން އަންނަނީ ގިނަ ރެކޯޑުތަކެއް އައު ކޮށް، މުގުރަމުންނެވެ.
އެގޮތުން ގައުމީ އަންހެން ސްޕްރިންޓް ޓީމުގައި ހިމެނޭ އައިޝަތު ހިމްނާ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރުގެ ދުވުމުން ގައުމީ ރެކޯޑް ހަދާފައިވާއިރު، ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑް މުގުރާލާފައެވެ. އަދި އިބާދުﷲ އާދަމް، ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ސާއިދު އަށްވުރެ ބާރަށް ދުވެ 100 މީޓަރުގެ ރޭސް ވަނީ ނިންމާފައެވެ.
މީގެ އިތުރުންވެސް އެތުލެޓިކްސް ގައި ރާއްޖެއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.
އިސްލާމިކް ސޮރިޑަރިޓީ ގޭމްސްގައި ބައިވެރިވި އެހެނިހެން ކުޅިވަރުތަކުގެ ތެރެއިން އަންހެން ޓޭބަލްޓެނިސް ޓީމުން ވަނީ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް