އެފްވައިއެފްސީ 2022 - ކުޅުނު ދެވަނަ މެޗުން ވެސް މޮޅު ނުވެވި ޑީކޭއެންޒެޑް ހާސްކަމުގެ ތެރެއަށް

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިރޭ ކުޅުނު ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުންވެސް މޮޅުނުވެވި މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ލިބުމުގެ ފުރުސަތު ޑީކޭއެންޒެޑް ސްޕޯޓް...

12 Aug 2022 | 17:33

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިރޭ ކުޅުނު ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުންވެސް މޮޅުނުވެވި މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ލިބުމުގެ ފުރުސަތު ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބަށް ހަނިވެއްޖެއެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ދެކޮޅަށް ޑީކޭއެންޒެޑް ކުލުނު މެޗު ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

އެޓީމު ގުރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ސިކްސް ސެންސް ލާމުއަތުން ބަކިވެފައި ވާއިރު، ދެވަނަ ބުރަށް ދިއުމަށް މިރޭގެ މެޗުން ކޮންމެހެން ވެސް މޮޅެއް ހޯދަން ޖެހެއެވެ. ނަމަވެސް މިރޭގެ މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

މިރޭގެ މެޗު ފެށިގެން ރަނގަޅަށް ކުޅެ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ޑީކޭއެންޒެޑުން ނެގި ނަމަވެސް ކިއުއެމް ސްޕޯޓްސް އެކަޑަމީން ވަނީ ފަހަތުން އަރާ ދެ ލަނަޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ކުލުނު ދެވަނަ މެޗުންވެސް މޮޅެއް ނުހޯދި ޑީކޭއެންޒެޑް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު، މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ދެން އެ ޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ އާދިއްތަ ދުވަހު ހަވީރު ގޯޅި ޔޫތް އެކްސްއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން ދެވަނަ ބުރުން ހަނި ފުރުސަތެއް އެ ޓަިމަށް އަދި އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް