13 އަހަރު ކުރިން ހަދާފައިވާ ރާއްޖޭގެ ލޯންގްޖަމްޕް ރެކޯޑު ނާހިލް މުގުރާލައިފި

13 އަހަރު ކުރިން ހަދާފައިވާ ރާއްޖޭގެ ލޯންގްޖަމްޕް ނެޝަނަލް ރެކޯޑު ޒުވާން އެތްލީޓް އިބްރާހިމް ނާހިލް ނިޒާރު މުގުރާލައިފިއެވެ. އޭނާ މި ރެކޯޑު މުގުރާލީ ބާމިންގހަމްގައި މިހާރުކުރިއަށްދާ ކޮމަންވެލްތު ގޭމްސ...

12 Aug 2022 | 17:12

13 އަހަރު ކުރިން ހަދާފައިވާ ރާއްޖޭގެ ލޯންގްޖަމްޕް ނެޝަނަލް ރެކޯޑު ޒުވާން އެތްލީޓް އިބްރާހިމް ނާހިލް ނިޒާރު މުގުރާލައިފިއެވެ.

އޭނާ މި ރެކޯޑު މުގުރާލީ ބާމިންގހަމްގައި މިހާރުކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައެވެ.

މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އެތްލެޓިކްސްއިން މެޑެއްޔެއް ނުހޯދުނަސް ނެޝަނަލް ރެކޯޑު އައުކުރާނަމަ، އެއިން އަންގައިދެނީ އެ އިވެންޓަކުން ކުރިއެރުން ލިބޭކަން ކަމަށެވެ.

ލޯންގް ޖަމްޕުގެ ރެކޯޑު ކުރިން އޮތީ އެތުލީޓު ހުސެއިން ހަލީމް އަތުގައެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ 2009ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުންމައިގެންނެވެ.

އެހެންނަމަވެސް އުމުރުން 17 އަހަރުގެ ޒުވާން އެތްލީޓު ނާހިލް މިއަދު މި ރެކޯޑު މުގުރާލީ 6.71 މީޓަރު ދުރަށް ފުންމައިގެންނެވެ.

މި ރެކޯޑު މުގުރާލުމުން ހުސެއިން ހަލީމް ވެސް ވަނީ ނާހިލް އަށް ތައުރީފުކޮށް މަރުހަބާކިޔާފައެވެ.

މިއަހަރު ތެރޭ ލޯންގް ޖަމްޕްގެ ގައުމީ ޖޫނިއަރ ރެކޯޑު ވެސް ނާހިލް މުގުރާލާފައިވާއިރު، މިއަދުގެ ނަތީޖާއާއެކު އެ ރެކޯޑު ވެސް މިވަނީ އައުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް