ދަރިވަރުންނަށް ރަނގަޅު ކަމުގައި ފެންނާނީ އެދުރުން އެކުދިންނަށް ރަނގަޅުކަމުގައި ދެއްކި އެއްޗެއް ކަމަށް ހުކުރު ޚުތުބާ ގައި ބުނެފިއެވެ.
ޚުތުބާގައި ވަނީ އެކުދިން ހުތުރު ކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެއް ކަމަށްވާތީ، އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، އެދީނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހަދައި އެކުދިންނަށް ރިވެތި ނަމޫނާ ބަޔަކަށް ވުމަށް ޚުޠުބާގައި އެދުރުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދަރިންނަށް ތައުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ދަރިވަރުން ސްކޫލް މަދްރަސާތަކަށާއި ކޮލެޖު ޔުނިވަރސިޓީތަކަށް ފޮނުވައިގެން އުގަންނަނއިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މަތީ ފެންވަރުތައް ދަރިންނަށް ޙާޞިލުކޮށްދެވޭތޯ ބެލެނިވެރިން ހީވާގި ކަމާއެކު މަސައްކަތްކޮށްދިނުމަށް ވެސް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.
އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ، ޚުތުބާގައި ވަނީ މި ފެށުނު ދިރާސީ އައު އަހަރަކީ ދީނީ ރޮނގުންނާއި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ހޯދޭތޯ މަސައްކަތްކުރުމުގެ އަޒުމު ކަނޑައެޅުމަށް ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ.
" ފޮނި ނަތީއްޖާއެއް ނެރެވޭނީ ހުރިހާ ކަމެއްގައި މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައި، މުދަލާއި ތަކެއްޗަށް ވަކިން ޚާއްސަކޮށް ކުތުބުޚާނާގެ ފޮތްތަކަށާއި، ލެބޯޓަރީގެ ސާމާނުތަކަށް ރައްކާތެރިވެ މުދައްރިސުންނަށް ހައްޤުވާ ޤަދަރާއި އިޙްތިރާމް އަދާކޮށްގެން." ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް