އެފްވައިއެފްސީ 2022: އެލްވައިޑީން ހަފެލެ އެފްސީގެ ގޯލަށް ލަނޑު ގޯންޏެއް

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ "ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު" ގައި މިއަދު ހަވީރު ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން އެލްވައިޑީ ކާމިޔާބުކޮށްފިއެވެ. ހަފެލެ އެފްސީ އާ ބައްދަލުކުރި މި މެޗު އެލްވައިޑ...

12 Aug 2022 | 13:55

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ "ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު" ގައި މިއަދު ހަވީރު ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން އެލްވައިޑީ ކާމިޔާބުކޮށްފިއެވެ.

ހަފެލެ އެފްސީ އާ ބައްދަލުކުރި މި މެޗު އެލްވައިޑީން ކާމިޔާބުކުރީ 0-12 ންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ އެލްވައިޑީގެ ޖާރޒީ ނަމްބަރު 4 ސާމިން މުހައްމަދި ނަސީރެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޑިކޭއެންޒެޑް ސްޕޯޓްސް ކުލަބާއި ކިއުއެމް ސްޕޯޓްސް އެކަޑަމީ އެވެ.

މި މެޗަށް ކިއުއެމް ސްޕޯޓްސް އެކަޑަމީ ނިކުންނައިރު ގުރޫޕު ސްޓޭޖުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާތީ މިރޭގެ މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ވަނީ ބިޑުވެފައެވެ.

ސިކްސް ސެންސް ލާމާއި ދެކޮޅަށް ގޯޅި ޔޫތް އެކްސް ނިކުންނައިރު، ސިކްސް ސެންސް ލާމުން ވެސް ގުރޫޕު ސްޓޭޖުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވާތީ، މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް އޮތް މަގު އެޓީމަށް ވެސް އިތުރަށް ފުޅާވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް