އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.
އެގޮތުން އެ އިދާރާއިން ބުނެފައިވަނީ އަރަބިކަނޑުގެ އިރުދެކުނުގައި މި ކޮޅިގަނޑު އުފެދިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މި ކޮޅިގަނޑު އިތުރަށް މޮނީޓަރ ކުރަމުން އަންނަކަމުގައި އެ އިދާރާއިން ބުނެފައިވާއިރު އިއްޔެ ރާއްޖެ އަށް ކުރި ވިއްސާރައާއި މި ކޮޅިގަނޑާއި ގުޅުމެއް ވާކަމުގައި ބެލެވެއެވެ. އިއްޔެއިން ފެށިގެން މި ކޮޅިގަނޑު އުފެދުނު ޑިޕްރެސަން ދަތުރުރަމުން އަންނަނީ ރާއްޖެއާއި ދުރަށެވެ.
މި ކޮޅިގަނޑާއި ގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އެލާޓްތައް ވަނީ ނެރެފައެވެ. އެގޮތުން އިންޑިއާގެ ސައުރާސްތުރަ އާއި ކުޗްގެ އިތުރުން ގުޖްރާތު ހިމެނޭ ސަރައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އެލާޓު ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް