ރާއްޖެ އަދި މެލޭޝިޔާގައި ދެ ގައުމުގެވެސް ލައިސަންސް ބޭނުންކުރެވޭގޮތް ހަދައިފި

ދިވެހިރާއްޖެ އަދި މެލޭޝިޔާގައިވެސް ދެ ގައުމުގެ އެއްގަމު އުޅަނދުގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި...

12 Aug 2022 | 08:57

ދިވެހިރާއްޖެ އަދި މެލޭޝިޔާގައިވެސް ދެ ގައުމުގެ އެއްގަމު އުޅަނދުގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު، އާއިޝަތު ނަހުލާއެވެ. މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާސިއޮންގް އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިކަމުގެ މަޝްވަރާ ދެ ގައުމުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް