އަޅުގަނޑު ވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ހާއްސަ ގެދޮރު ސްކީމެއް ނުހިންގާނެ: ޔާމީން

އެމަނިކުފާނުގެވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ވަކި ހާއްސަ ގެދޮރު ސްކީމެއް ނުހިންގާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާ...

12 Aug 2022 | 06:27

އެމަނިކުފާނުގެވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ވަކި ހާއްސަ ގެދޮރު ސްކީމެއް ނުހިންގާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކުރީގައި ވެރިކަން ކުރެއްވި އިރު ވިދާޅުވެފައިވާނެ ފަދައިން މާލެ އަކީ ވެރިކަން ކުރާ ރަށް ކަމަށެވެ. އެހެން ކަމުން މާލެ ވާނީ ހުރިހާ ރައްޔިތުންގެ ރަށަކަށް ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މާލޭގައި ގެދޮރާއި ފްލެޓު މަޝްރޫއުތައް ހިންގާއިރު މާލޭ ރައްޔިތުންނަށް ޕޮއިންޓު ދެވޭނެ އަދި އިސްކަން ދެވޭނެ އުސޫލެއް އޮންނަން ވާނެ ކަމަށެވެ. އެކަމަކު ހަމަ އެ ސްކީމްގެ ތެރެއިން މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ މީހުންނަށް އެކަނި ހާއްސަވާ ގެދޮރުވެރިކަމުގެ ސްކީމެއް ހަދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ސްކީމެއް ވެރިކަމުގައި ނުހަދާ ކަމަށާޢި ދެން ވެރިކަމަށް އަޔަސް ނުހައްދަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ސަރުކާރުން ސްކީމެއް އިއުލާނު ކޮށްފައިވާތީ އެވެ. މި ސްކީމްގެ ދަށުން ގުޅީފަޅުން 2،000 ގޯތި، ހުޅުމާލެއިން 1،000 ގޯތި މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހިލޭ ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ގިނަ ބަޔަކު ދަނީ މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ ޝުއޫރު ފާޅު ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ވެރިކަން ކުރާ ރަށުން ހިލޭ ގޯތި ދޫނު ކުރާނެ ކަމަށް ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް