މިއަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ޗެކް ރިޕަބްލިކްގެ އަންހެނެއް

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި އެއް މިލިއަންވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުން ކުރިޔަށް ގެންގޮސްފި އެވެ. އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމަށްވާ ...

12 Aug 2022 | 05:42

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި އެއް މިލިއަންވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުން ކުރިޔަށް ގެންގޮސްފި އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމަށްވާ ޑެނިއެލާ ކިލްނަރޯވާއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު ގަތަރު އެއާލައިންސްއިންނެވެ.

އޭނާއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަގާފީ ހަރަކާތްތަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ކިޔާފަ އެވެ. މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލް ބައިވެރިވެފަ އެވެ.

އެއް މިލިއަންވަނަ ޓޫޜިސްޓު ރާއްޖެ އައިސްފައި މިވަނީ ސަރުކާރުން ކުރިން އަންދާޒާ ކޮށްފައިވާ އަހަރުގެ މެދު ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް