އަލަމްގިރި މައްސަލައިގާ ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި

އަލަމްގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން އަބްދުއްރަހްމާން ރަފީއު ދޫކޮށ...

12 Aug 2022 | 04:51

އަލަމްގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން އަބްދުއްރަހްމާން ރަފީއު ދޫކޮށްލައިފިއެވެ.

މި ތިން މީހުންވެސް ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންވެސް ދޫކޮށްލާފައިވަނީ ބަންދުގައި ބޭތިއްބުމަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވުމުންނެވެ. އެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރު ކުރުމަށް ކޯޓަށްވެސް ހާޒިރުކޮށްފައެއް ނުވެއެވެ.

މި ތިން މީހުން ދޫކޮށްލާފައިވާއިރު މި ތިން މީހުންގެ ތެރެއިން އަބްދުއްރަހްމާނާއި ނާޒިމް ސައްތާރުގެ މައްސަލަ ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ. ނަމަވެސް އަދި ދައުވާ އުފުލާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް