ޓީ ޖެޓީ އަށް ކައިރި ކުރާ ފެރީތަކުން އަނެއްކާވެސް ކުރިން ނަގަމުން އައި ފީ ނަގަން ތައްޔާރު ވެއްޖެ އެވެ.
ޓީ ޖެޓީއަށް ކައިރި ކުރާ ފެރީ ތަކުން މީގެ ކުރިން ނަގަމުން އައީ މީޓަރަކަސް 10 ރުފިޔާ އެވެ. މި ފީ މީޓަރަކަށް އެއް ރުފިޔާއަށް ކުޑަކުރީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ.
ޖެޓީ ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19އާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ދީފައިވާ ލުއިތައް އުވައިލަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލުން ބުނިގޮތުގައި އެ ބަދަލު ގެންނަން ނިންމީ ކޯވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އުވާލައި އާންމު ހާލަތަކަށް ބަދަލުވެފައި ވާތީ އެވެ.
ފީ ނަގަން ފަށާނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެންނެވެ.
އެ ބަނދަރަށް ކައިރި ކުރާ އުޅަނދުން ފީނަގަނީ ދޯނީގެ ބޮޑު މިނަށް ބަލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް