ވެކްސިން ނުޖަހާ ސަރުކާރު މުވައްޒަފުން ކޮންމެ 14 ދުވަހުން ކޯވިޑް ޓެސްޓު ހަދަން ޖެހޭ ގޮތް ހަދައިފި

ކޯވިޑް-19 ދިފާއު ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ އޮފީހަށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި އެވެ. ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނ...

12 Aug 2021 | 12:04

ކޯވިޑް-19 ދިފާއު ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ އޮފީހަށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ހުށަހަޅަން ޖެހޭނީ ކޯވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވި ނަމަވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުންނެވެ. އެ އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ސީއެސްސީން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ސާމްޕަލެއް ދޭންޖެހޭނެ ކަމަށް އަންގަވާފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކަމަށެވެ.

ސަރުކާރުގެ ހުރިހާ އޮފީހަކުން މި ގަވާއިދަށް އަމަލުކުރާކަން ކަށަވަރު ކުރުމަށާއި ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ވެކްސިން ޖެހުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް ޝަރުތުހަމަވާ މީހުންގެ 90 ޕަސެންޓަށް ވެކްސިން ދިނުމެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް