ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހު އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ މިމަހުގެ 13 ،14 އަދި 15 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި ބައެއް ސަރަހައްދު ތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރެ އެވެ.
މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައިވެ އެވެ. ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު ފަހު 3:30 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް