ޒަހާ އަކީ ސަރުކާރަށް އަގުހުރި އެސެޓެއްކަން ސާބިތު ކޮށްދޭނެ: މައުމޫން

ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދަކީ މި ސަރުކާރަށް އަގުހުރި އެސެޓެއްކަން ސާބިތުކޮށްދޭނެ ކަމަށް އެކަމަނާ ނިސްބަތްވާ އެމްއާރުއެމްއިން ބުނެފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހުގެ މިނ...

12 Aug 2021 | 11:26

ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދަކީ މި ސަރުކާރަށް އަގުހުރި އެސެޓެއްކަން ސާބިތުކޮށްދޭނެ ކަމަށް އެކަމަނާ ނިސްބަތްވާ އެމްއާރުއެމްއިން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަން ކުރެއްވީ މިއަދު އެވެ.

އެކަމާއި ގުޅިގެން އެމްއާރުއެމްގެ ރައީސްގެ މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަން ކުރެއްވުމުން ކަމާއި މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވުމުން ރައީސް ސޯލިހަށް މައުމޫން ޝުކުރު އަދާ ކުރެއްވި އެވެ.

މައުމޫން ވިދާޅުވީ ޒަހާ އަކީ ސަރުކާރަށް އަގުހުރި އެސެޓެއްކަން އެކަމާ ސާބިތު ކޮށްދެއްވާނެ ކަމަށެވެ. އެކަމަށް ވަރަށް ޔަގީންކަން އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.

https://twitter.com/maumoonagayoom/status/1425744576661266432

ޒަހާ އަކީ މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރެވެ. އޭނާ މަގާމުން ވަކި ކުރީ އެމްޑީޕީގެ ފިއްތުންތަކާއި ހެދި ވަޒީރު ކަމުގައި ނުބެހެއްޓިގެންނެވެ.

އެމްޑީޕީން ވަނީ އެތައް ފަހަރަކު މަޖިލީހުގެ ތެރެއިން ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް