ދިރާގު ސަޅި ޕްރީޕެއިޑް–ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ ވަރަށް ސަޅި، ގުޅާލުން މުޅިން ހިލޭ!

ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފި އެވެ. ކަސްޓަމަރުންނަށް ގިނަ ފައިދާ އާއި އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޚާއްސ...

12 Aug 2021 | 11:15

ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފި އެވެ.

ކަސްޓަމަރުންނަށް ގިނަ ފައިދާ އާއި އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޚާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްލައިގެން 1 ހަފުތާ، 2 ހަފުތާ ނުވަތަ އެއް މަސްދުވަހަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އައުވެގެން ދާނެއެވެ.

ހަމަ އެންމެ، 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސް އަދި ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބޭނެ އެވެ.

މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ސަޅި ޕްރީޕެއިޑް ތަޢާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފަރ އެއްވެސް ތަޢާރަފުކޮށްފަ އެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި 2 ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް 12 ސެޕްޓެމްބަރ 2021 އާ ހަމައަށް1 ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެ އެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ތަޢާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރ ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލައި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކަމަށެވެ.

އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތަޢާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށާއި ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޔާ އެންމެ ބޮޑު ޑޭޓާ އެލަވަންސެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް